bappaa

ބައްޕާ..

ދަރިފުޅު ބައްޕާއޭ ކިޔައިފައި ގޮވާލީމާ އެ ކުރެވެނީ ކިހައި އުފާވެރި އިހުސާސެއް ނޫންތޯއެވެ. ކިހައި ބޮޑު ހިތްހަމަޖެހުމެއް ލިބޭ ނޫންތޯއެވެ. އަހަރެންނަށް ވެސް ކުރެވުނީ އެ އިހުސާސެވެ. ލިބުނީ އެ ހިތްހަމަޖެހުމެވެ. ނަމަވެސް… މި ވީ ކިހިނެއްތޯއެވެ؟

އަހަރެމެންގެ އަލަތު ދަރިފުޅު ބެލުމުގައި އަހަރެންނާއި އަހަރެންގެ އަންހެނުން ވަރަށް ފަރުވާތެރިވަމެވެ. ގިނަ ފަހަރަށް ދަރިފުޅުގެ ކަންކަމުގައި އުޅެނީ ދެ މީހުން އެއްކޮށެވެ. އަހަރެންގެ ދަރިފުޅު ވާހަކަދައްކާ އުމުރަށް އަޅަނީއެވެ. އެ ދަރިފުޅު ކުދިކުދި ލަފުޒު ކިޔަން ދަސްކުރަނީއެވެ. ދަރިފުޅުގެ ދުލުން ”ބައްޕާ…“ އޭ ގޮވާލާނެ ކަމުގެ އުންމީދުގައި އަހަރެން ހުރީމެވެ. އެކަމަށް ޓަކައި މަސައްކަތް ވެސް ކުރީމެވެ. ނަތީޖާއަކީ އެ ލޯބިލޯބި ދަރިފުޅު ބައްޕާއޭ ކިޔައި ގޮވަން ފެށުމެވެ. އެއްގޮތަކަށް ވެސް މަންމައަކަށް ނުގޮވައެވެ. ހައްތާ ވެސް ގޮވަނީ ބައްޕައަށެވެ. ވެކްސިންދޭއިރު ބިރުގަތަސް ގޮވާލަނީ ”ބައްޕާ…“ އޭ ކިޔައިފައެވެ. މިފަދަ ކޮންމެ ހާލަތެއްގައި ވެސް ދަރިފުޅަށް ގޮވާލެވެނީ ބައްޕާއޭ ކިޔައިފައެވެ. ބައްޕައާއެކު މަންމަ ހުއްޓަސް ދަރިފުޅު ގޮވާލަނީ ބައްޕައަށެވެ. ކިހައި އުފާވާނެތޯއެވެ.

އެއް ދުވަހަކު ކޮންމެވެސް ކަމެއް ދިމާވެގެން ދަރިފުޅު ބައްޕާއޭ ކިޔައިފައި ގޮވާލިއެވެ. އަހަރެން ޖަވާބުދިނަސް ގޮވުމެއް ނުހުއްޓައެވެ. މިކަމާ އަހަރެން ވަރަށް ކަންބޮޑުވިއެވެ. އެހެންވެ އަންހެނުންނަށް ގޮވީމެވެ. އަންހެނުން އައުމުން އަންހެނުންނާދިމާއަށް ދަރިފުޅު ބަލައިލިއެވެ. އަދި ބައްޕާއޭ ކިޔާ ގޮވާލިއެވެ……

ހިއްސާކޮށްލަމާ

Share on facebook
Share on twitter
Share on linkedin
Share on pinterest
Share on print
Share on email

Leave a Reply

Your email address will not be published. Required fields are marked *